އަޕްޑޭޓްސް
ފަންވަތް - ދިވެހި ލިޔުންތެރިންނަށް ޚާއްޞަ ޑިޖިޓަލް ޕަބްލިޝިންގ ޕްލެޓްފޯމް – އަށް މަރުޙަބާ
ފަންވައި އަކީ ތާނައިން ބްލޮގް ކުރަން ލޯބިކުރާ ދިވެހިންނަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ އައު ސާސް ޕްލެޓްފޯމެކެވެ.
ޑިޖިޓަލް ކޮންޓެންޓް ކުރިއަރަމުންދާ މި ޒަމާނުގައި، ދިވެހި ލިޔުންތެރިންނާއި ބްލޮގަރުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމީހުންގެ ލިޔުންތައް ޝާއިޢުކޮށް، ހިއްސާކޮށް އަދި ތަރައްޤީކުރެވޭނެ ޚާއްޞަ ޖާގައެއް ނެތުމެވެ. މިއަދު އަޅުގަނޑުމެން ވަރަށް އުފަލާއެކު މިތަޢާރަފުކުރަނީ ދިވެހި ކޮންޓެންޓް ލިއުންތެރިންނާއި ފަންނުވެރިންނަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ޑިޖިޓަލް ޕަބްލިޝިންގ ޕްލެޓްފޯމެއް ކަމުގައިވާ "ފަންވަތް" އެވެ.
ދިވެހި އަޑުތަކަށް ޚާއްޞަ ވެފައިވާ މަންސައެއް
ދިވެހިބަހުން ލިޔުމަކީ އަބަދުވެސް ގޮންޖެހުންތަކަކާއި އެކު ކުރަންޖެހޭ ކަމެކެވެ. އެއީ ލިޔާއިރު ފޯމެޓިންގ މައްސަލަތަކުން ފެށިގެން އޮންލައިންކޮށް ލިޔެ ޝާޢިއު ކުރާނެ ފަސޭހަ ޖާގައެއް ނެތުމާއި ހަމައަށެވެ. ފަންވަތް އާއެކު، އަޅުގަނޑުމެން މިކަން ހައްލުކުރުމަށް މިމަސައްކަތްކުރަނީ ކޮންމެ މީހަކަށް - އެއީ ވާހަކަ ލިޔާ މީހެއް، ޝާއިރެއް، ޚިޔާލު ފާޅުކުރާ ލިޔުންތެރިއެއް، ނުވަތަ ޝައުޤުވެރިކަމާއެކު ބްލޮގް ލިޔާ މީހެއް ކަމުގައިވިޔަސް، އެމީހެއްގެ ބަހާއި ލިއުންތެރިކަމުގެ ފަންނު ފަސޭހަކަމާއިއެކު ކިއުންތެރިންނާއި ހަމައަށް ގެނެސްދޭނެ އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރުމެވެ.
އަދުގެ ދުނިޔޭގައި ޝާއިޢުކުރުމަކީ ހަމައެކަނި ލިޔުމެއް އެކަންޏެއް ނޫނެވެ. އެއީ އެމީހެއްގެ ޚިޔާލު މިނިވަންކަމާއި ހުނަވެރިކަމާއި އެކު ކިއުންތެރިންނަށް ގެނެސްދިނުމާއި، އެލިޔާ އެއްޗަކީ އެމީހެއްގެ ފިކުރީ މުދަލެއްގެ ގޮތުގައި ބެހެއްޓުމެވެ. ފަންވަތް ގެ މައިގަނޑު ފީޗަރއަކީ ފަންވަތް ތާނަ އެޑިޓަރެވެ. އެއީ އޮންލައިންކޮށް ލިޔުމާއި ފޯމެޓިން ހެދުމަށް ޚާއްސަކުރެވިފައިވާ ތާނަ އެޑިޓަރެކެވެ.
ފަންވަތް އަކީ ހަމައެކަނި ބްލޮގެއް ނޫން
ފަންވައި އަކީ ހަމައެކަނި ލިޔުމަށް އޮތް ތަނެއް ނޫނެވެ - އެއީ ލިއުންތެރިންގެ މަސައްކަތް ފުޅާކޮށް، އަމިއްލަ ވަންތަކަން ގެނައުމަށް ކަސްޓަމައިޒްކޮށް އަދި ދެމެހެއްޓެނިވި ގޮތަކަށް ލިއުންތެރިކަން ކުރުމަށް ފައިސާ ހޯދުމަށްވެސް ބޭނުންކުރެވޭނެ ވަށާޖެހޭ ޕަބްލިޝިންގ ޕްލެޓްފޯމެކެވެ. ފަންވަތް ގައި އަމިއްލަ ކުލަ ޖެއްސުމަށް އަމިއްލަ ޑޮމެއިންއެއް ގުޅުވައި ލިއުންތެރިޔާގެ ޚާއްޞަ މަންސައެއް ޤާއިމްކޮށް، އަމިއްލަ އެއްޗަކަށް ހެދިދާނެއެވެ. ލިއުންތެރިޔާއަކީ އަދި އަލަށް ފަށާ ކަމެއްކަމުގައި ވާނަމަ، ފަންވަތްގެ ހިލޭ ސަބްޑޮމެއިންތައް ބޭނުން ކުރެވިދާނެއެވެ. މިހުރިހާ ފީޗަރސްތަކާއި އެކު ފަސޭހަކަމާއި އެކު މާބޮޑު ގޮންޖެހުމެއް ނެތި ފަންވަތް ގައި ލިޔަންފެށޭނެއެވެ.
ޑިޖިޓަލް ދުނިޔޭގައި ބޭނުންވަނީ ހަމައެކަނި ޝާޢިއުކުރުމެއް ނޫނެވެ. އެއާ ޚިލާފަށް ކިއުންތެރިންނާއި ހިއްސާކޮށް ކިއުންތެރިންނާއި ގުޅުންހުރި ތަފާސްހިސާބުތައް ވެސް ވަރަށް މުހިއްމެވެ. ބިލްޓް-އިން އެނަލިޓިކްސް އަދި ޓްރެކިންގ ޓޫލްތަކާއެކު، ލިއުންތެރިޔާގެ ކޮންޓެންޓް ކުރިއަށްދާ ގޮތް ބަލައި، ކިޔުންތެރިންނަށް އެންމެ މަޤްބޫލު ކަންތައްތައް ދެނެގަނެވޭނެއެވެ. ލިއުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ޝައިޤުވެރިވާ ފަރާތްތަކަށް، ފަންވަތް ގައި ގާއިމުކޮށްފައި ހުރި ފައިސާ ހޯދޭނެ ގިނަ ގޮތް(ސްޓްރީމް)ތައް މެދުވެރިކޮށް ލިޔުންތެރިންނަށް އެމީހުންގެ މަސައްކަތުން އާމްދަނީ ހޯދޭނެ ފުރުޞަތުތައް ޤާއުމުކުރެވިފައި ހުންނާނެއެވެ.
ދިވެހި ޑިޖިޓަލް ކޮންޓެންޓަށް އައު ބާބެއް
ފަންވަތް އިފްތިތާޙްވުމާއެކު، އަޅުގަނޑުމެން އުންމީދުކުރަނީ ދިވެހި ލިޔުންތެރިންނަށް ފަސޭހަ އަދި ބާރުވެރި ޑިޖިޓަލް ޖާގައެއް އުފެއްދުމަށް - އެމީހުންނަށް މިނިވަންކަމާއެކު ޝާއިޢުކޮށް، އިތުރުވަމުންދާ ކިޔުންތެރިންނާ ގުޅުވައި، އަދި އެމީހުންގެ ކޮންޓެންޓްގެ ފުރިހަމަ މިލްކުވެރިކަން ހޯދޭނެ މަސްސައެއް ގާއިމުކުރުމެވެ. މިއީ ހަމައެކަނި ބްލޮގް ޕްލެޓްފޯމެއް ނޫން، މިއީ ޑިޖިޓަލް ދުނިޔޭގައި ދިވެހި އަދަބިއްޔާތާއި ކޮންޓެންޓް އުފެއްދުން ކުރިއަރުވައި ފަސޭހަކޮށްދޭ އައު މިންގަނޑެކެވެ. ތިބޭފުޅުންގެ ލިޔުންތައް ހިއްސާކުރުމުގެ، ނުވަތަ ތިޔަބޭފުޅުންގެ ލިޔުންތަކަށް ކިޔުންތެރިން އިތުރުކުރުމުގެ ހުވަފެނެއް ދެކިފައިވާނަމަ، ފަންވަތް މިވަނީ އެކަން އަސްލަކަށް ގެނެސްދޭނެ މަންސައަށެވެ. މިއަދު އަޅުގަނޑުމެންނާ ގުޅި ދިވެހި ޑިޖިޓަލް ޝާއިޢުކުރުމުގ
ލިޔުންތެރިޔާ
ފަންވަތް
މިހާތަނަށް ކޮމެންޓެއް ނެތް